ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން މޮނިޓަރިންއަށް ގެނެސްފައިވާ ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައި ވާކަމަށް އެޗްޕީއޭއިން ހާމަ ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކާއި އުޅަނދު މޮނިޓަރިންގގެ ހާލަތުން ވަނީ ނެގިފައި ވާކަމަށެވެ.

Ad
rt

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހުން ބަލިން މުޅިން ރަނގަޅުވެ، ޖުމްލަ ފަސް މީހަކު ބަލި ރަނގަޅުވި ލިސްޓަށް މިއަދުވަނީ އަރައިފައެވެ. މިހާރު ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދަކީ އަށެކެވެ.