ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އިންޑިޔާގައިވެސް ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންޑިޔާގެ ވެރިކަންކުރާ ސިޓީ ނިއުދިއްލި އާއި އިތުރު ސިޓީތަކެއް މިހިނގާ މާރިޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ނިއުދިއްލީވަނީ މިއަދުން ފެށިގެން މާރިޗް 31 ވަނަ ދުވަހުގެ ހެނދުނު 6 އާއި ހަމައަށް ލޮކްޑައުން ކޮށްފައެވެ. މިނިންމުގެ ދަށުން ލޮކްޑައުންކުރުމަށް ހަމަޖެހިފައިވާ އިތުރު ސިޓީތަކުގެ ތެރޭގައި ހިމެނެނީ ވިޔަފާރީގެ އިންޑިއާގެ މައިމަރުކަޒެއްކަމަށްވާ މުމްބާއީ، ބެންގަލޯރު، ޕޫނޭ، ހައިދްރައާބާދު އަދި ކޮލްކަތާ އެވެ.

Ad
rt

އެންމެ ފުރަތަމަ އިންޑިޔާއިން ނިންމާފައިވަނީ 14 ގަޑިއިރު ވަންދެން އެސަރަހައްދުތައް ލޮކްޑައުންކޮށްފައި ބޭއްވުމަށެވެ. ނަމަވެސް ފަހުން މިވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ މިނިންމުމުގެ ސަބަބުން އެޤައުމުގެ އެތައް މިލިއަން މީހުންނެއް މަސައްކަތް ކުރަންޖެހޭނީ ގޭގައި ތިބެގެންނެވެ.

އިންޑިއާގެ 425 މީހުންނަށް މިހާތަނަށް މިބަލި ޖެހިފައިވެއެވެ. 8 މީހުން މިބަލީގައި އެޤައުމުން މަރުވެފައިވާއިރު، އަލަށް 29 މީހުން އެބަށްޔަށް ޕޮޒިޓިވުވެ، އެކަކު މަރުވެފައިވެއެވެ.