މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދިހަ ގެއެއް ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ހާމަކޮށްފިއެވެ.

ދިހަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރާއި ތަފްސީލް ފުލުހުން ހާމަކުރަމުން ބުނެފައިވަނީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

Ad
rt

އެގޮތުން، މި ގެތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ފެނިފައިވާކަމަށާއި އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ސިދުރަތާއި މުޙައްމަދު ޤިޔާސްއަކީ އެއްވެސް ކުށެއްގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ސިދުރަތު 2020 ފެބްރުއަރީ 05 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ވަނީ ދޫކޮށްލާފައެވެ.

މުޙައްމަދު ސިދުރަތުގެ އިތުރުން މި މައްސަލާގައި ހައްޔަރުކުރި
އެންމެން މިހާރުވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.

މި މައްސަލައިގައި ބަލައި ފާސްކޮށް ހޯދާފައިވާ ތަކެތީގެ ތަފްސީލް:
1. 09 (ނުވައެއް) ކިލޯއަށްވުރެ ގިނަ ޑައަމޯފިން (ހެރޮއިން) އާއި 04 (ހަތަރެއް) ގްރާމަށްވުރެ ގިނަ ކޮކެއިން ފެނިފައިވެއެވެ. 2. ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. 3. މި މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ
ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.
މި މައްސަލައިގައި ހޯދާފައިވާ ތަކެތީގެ ފޮޓޯ:

މި މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.