ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި ދިވެއްސަކު ފެނުމުން އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓު (ކ. ޅޮހިފުށި) މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ‏ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، އަދާރަން ސެލެކްޓް ހުދުރަން ފުށި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ

Ad
rt

އަދި އެ ރިސޯޓު ވަނީ މީހުން އަރާ ފޭބުން ހުއްޓުވައި، މޮނީޓަރިން ހާލަތަށް ގެނެސްފައި ކަމަށެވެ.

‏އޭގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، "އެލިއޯން" ކިޔާ އުޅަނދުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކާއި އުޅަނދު މޮނިޓަރިންގގެ ހާލަތުން ނެގިފައި ވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.