އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް ގޮސްތިބި ދިވެހިން އަނބުރާ ރާއްޖެ އާދެވެންދެން އެ މީހުންގެ ހަރަދުތައް އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފިއެވެ.
އާސަންދައިން ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް ނާދެވިފަ ތިބި ދިވެހިންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފި ކަމަށެވެ.
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް ނާދެވިފަ ތިބި ދިވެހިންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފި.
— Aasandha Company Ltd (@AasandhaLtd) March 21, 2020
ކޮރޯނާވައިރަހުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެގައުމުން އަޅާ ފިޔަވަޅުތަކުގެ ދަށުން މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުން ވަނީ މަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާއަށް ކުރަމުން ދިޔަ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!