ވިލިމާލެއިން މާލެއަށް ދަތުރުކުރާއިރު ބޭނުންކުރާ ދަތުރުކާޑު، ވިލިމާލޭ ރައްޔިތުންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިލޭ ކޮށްދީފިއެވެ.

އެމްޓީސީސީން ބުނީ ‏މުވައްޒަފުންނާއި ފަސިންޖަަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި މިއަދުން ފެށިގެން ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުކާޑު ހިލޭ ދިނުމަށް ނިންމާފައިވާކަމަށެވެ.

Ad
rt

ދާދިފަހުން އެމްޓީސީސީން ވަނީ އެކުންފުނިން ޔަންމާ އަދި ސުޒުކީ އިންޖީނު އިންސްޓޯލްމަންޓަށް ގަނެފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ ތިން މަސް ދުވަހަށް ފަސްކޮށްދީފައެވެ.

އެމްޓީސީސީން ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، އެވައިރަސް ފެތުރުން ކުޑަކުރުމަށާއި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ފަރާތްތަކަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.