އަވަށްޓެރި ސްރީލަންކާގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮސްފައިވާ ކާފިއު، ބައެއް ސަރަހައްދުތަކަށް އަންގާރައާއި ހަމައަށް އިތުރު ކޮށްފިއެވެ.

މިގޮތުން އަންގާރައާއި ހަމައަށް ކާފިއު އިތުރު ކޮށްފައިވަނީ ވެރިރަށް ކޮލަމްބޯއާއި، ގަމްޕާ އަދި ޕުއްޓަލަމަ ޑިސްޓްރިކަށެވެ.

Ad
rt

އެޤައުމުގެ މީޑިއާ ޚަބަފުތައް ބުނާގޮތުން މިމަހު 24 ވަނަ ދުވަހުގެެ ހެނދުނު 6 އާއި ހަމައަށް އެތިން ސަރަހައްދުގައި ކާފިޔު ވަނީ ދަމަހައްޓާފައެވެ. އަދި އަލުން އެދުވަހުގެ މެންދުރު ދެއެއްް ޖަހާއިރު ކާފިއު ފެށޭނެއެވެ.

ލަންކާގެ އެހެން ސަރަހައްދު ތަކުގައި ކުރިއެކޭ އެއްގޮތަށް މިމަހުގެ 23 ވަނަ ދުވަހުހެނދުނު 6 އާއި ހަމައަށް ކާފިޔު ވަނީ ދަމަހައްޓާފައެވެ. އަދި އަލުން އެދުވަހުގެ މެންދުރު ދެއެއްް ޖަހާއިރު ކާފިއު ފެށޭނެއެވެ.