ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑް ރިސޯޓުންނާއި، އަދާރަން ކުލަބް ރަންނާޅި ރިސޯޓުން 2 ދިވެއްސެއްގެ ސާމްޕަލް ނަގައި އެ ރިސޯޓްތައް މޮނިޓަރިންއަށް ގެނެސްފި އެވެ.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،#ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ.
— Health Protection Agency (@HPA_MV) March 21, 2020
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހުން ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުުން ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުތައް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އެޗްޕިއޭއިން ބުނެފައި ވެއެވެ.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،#ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސެންތާރާ ގްރޭންޑް ރިސޯޓްން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ.
ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި.
— Health Protection Agency (@HPA_MV) March 21, 2020
ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!