ކޮވިޑް-19 ވައިރަސް ބަނޑުގައި އޮންނަ ދަރިފުޅަށް ވާސިލުނުވާކަމަށް ޑަކްޓަރު ފައިސަލް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އަށް އާންމުން ހޭލުންތެރިކޮށް އެވައިރަސްއާއި ގުޅޭ ފަހުގެ މައުލޫމާތުތައް މީސް މީޑިއާ މެދުވެރި ކޮށްދެއްވާ ޑަކްޓަރު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 މަންމައަށް ޖެހިފައި ހުއްޓަސް ކޮވިޑްގެ ވައިރަސް ރަހިމުގެ މަހުންލާފައި ދަތުރުނުކުރާކަމަށެވެ.
" ދަރިފުޅުއޮންނަ ފެންގަނޑުތެރޭގައި ނުހުރޭ، ބަނޑުގަ އޮންނަ ދަރިފުޅަކަށް ނުދޭ އަދި ދަރިފުޅަށްދޭ މައިމީހާގެ ކިރުގައިވެސް ވައިރަސް ނުހުރޭ!" ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.
ޑރ. ފައިސަލްގެ ޓުވީޓުން ކޮވިޑް-19އާއި ގުޅޭ މަޢުލޫމާތު
* ވައިރަސް މާބަނޑު އަންހެނާ ރަހިމުގެ މަހުންލާފައި ދަތުރެއް ނުކުރޭ!
* ވައިރަސް މާބަނޑު އަންހެނާ ބަނޑުގައި ދަރިފުޅު އޮންނަ ފެންގަނޑު ތެރޭގައި ނުހުރޭ!
* ވައިރަސް މާބަނޑު އަންހެނާ ބަނޑުގައި އޮންނަ ދަރިފުޅަށް ވާސިލެއްނުވޭ!
* ވައިރަސް މައިމީހާ ގާތުންދޭ ކިރުގައި ނުހުރޭ!
ކޮވިޑް މަންމައަށް ޖެހިފައި ހުއްޓަސް ކޮވިޑްގެ ވައިރަސް ރަހިމުގެ މަހުންލާފައި ދަތުރުނުކުރޭ، ދަރިފުޅުއޮންނަ ފެންގަނޑުތެރޭގައި ނުހުރޭ, ބަނޑުގަ އޮންނަ ދަރިފުޅަކަށް ނުދޭ
އަދި ދަރިފުޅަށްދޭ މައިމީހާގެ ކިރުގައިވެސް ވައިރަސް ނުހުރޭٱلْحَمْدُ لِلَّٰهِ
— Ahmed Faisal (@Faisalnaifaru) March 20, 2020
ކޮވިޑް-19 އަށް އާންމުން ހޭލުންތެރިކޮށް އެވައިރަސްއާއި ގުޅޭ ފަހުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޑރ. ފައިސަލް ހާމަ ކުރެއްވި މިމައުލޫމާތު ތަކަކީ މާބަނޑުމީހުންނަށާއި، މުޖުތަމަޢުއަށް ވަރަށް ބޭނުންތެރި މުހިންމު މަޢުލޫމާތު ތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!