އަވަށްޓެރި ސްރީލަންކާގެ ހުރިހާ ސަރަހައްދެއްގައި ކާފިއު އިއުލާން ކޮށްފިއެވެ.
ލަންކާގައި ކާފިއު ފެށޭނީ މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އަންނަ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 6:00 އާއި ހަމައަށް ކަމަށެވެ.
Islandwide Police curfew from 6 PM today until Monday 6 am https://t.co/MsAOeLFWwa
— Azzam Ameen (@AzzamAmeen) March 20, 2020
އެކަން ހާމަކޮށްފައިވަނީ ސްރީލަންކާގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައެވެ. އެކަންވަނީ އެޤައުމުގެ މީޑިއާގައި ރިޕޯޓު ކޮށްފައެވެ.
އޭގެ އިތުރުން ޕުއްޓަލަމް ޑިސްޓްރިކް، ކޮއްޗެކަޑަ، ވައްޓަލަ އަދި ޖާއެލަ ގައި މިއަދު ހެނދުނު 9 އިން ވެށިގެން ކާފިއު އުވާލުމަށްފަހު، އަލުން މިއަދު 12 އިން ފެށިގެން ކާފިއު ހިނގާނެކަމަށް އެޤައުމުގެ ޕޮލިސް މީޑިއާއާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!