މައްކާގެ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ބޭރުން ތަޅުލައިފިއެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއިއެކު ރޭވަނީ މަސްޖިދުލް ނަބަވީގެ ގޭޓު ބަންދުކޮށް ނަމާދުކުރަން އެތެރެއަށް ނުވަދެވޭހެން ބަންދުކޮށްފައެވެ. މިސްކިތުގެ އެރެއަށް އާންމުންނަށް ނުވަދެވޭހެން މިވަނީ ބަންދުކޮށްފައެވެ.
"ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި ސަލާމަތީ ބަރާއި ސިއްހީ އިދާރާތަކުން ވަނީ މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ޖަމާއަތުގައި ނަމާދު ކުރުން މާރިޗް 20 ވާ ހުކުރު ދުވަހުން ފެށުގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައި".
ސައުދީގެ ތަރުޖަމާނު މިކަން އިޢުލާންކުރައްވާ ޓްވިޓާގައި ނެރެއްވި ބަޔާނުގައި ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، މި ފިޔަވަޅު އަޅާފައި ވަނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އާންމުންގެ ރައްކާތެރިކަމާއި ސަލާމަތަށްކަމަށެވެ. މީގެ އިތުރުން ދެހަރަމަށް ދެވޭ މަގާއި ދެހަރަމްގައި ކާރުޕާކުކުރާ ސަރަހައްދުވެސް ސައުދީ ސަރުކާރުންވަނީ ބަންދުކޮށްފައެވެ.
މީގެ ދެދުވަސްކުރިން ސައުދީން އޮތީ ދެހަރަމް ފިޔަވާ އެހެން ހުރިހާ މިސްކިތެއްގައި ނަމާދު ނުކުރެވޭ ގޮތަށް މަނާކޮށްފައެވެ. ނަމަވެސް އެ މިސްކިތްތަކުގައި ބަންގި ގޮވޭނެއެވެ.
މިއަދާއި ހަމައަށް ސައިދީއިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ 274 މީހުން ފެނިފައެވެ. މިއަދު އެކަނިވެސް އެގައުމުން އިތުރު 36 ހަމީހަކު ވަނީ ފެނިފައެވެ. މި ބަލި ޖެހުނު 8 މީހަކު ވަނީ ރަނގަޅު ވެފައެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާ އިން ވަނީ މީގެ ކުރިން ހުކުރު ނަމާދު 15 މިނެޓަށް ވުރެ ދިގު ނުކުރަން ވެސް އަންގާފައެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!