މިދަނޑިވަޅުގައި ބަޔަކު ނާޖާއިޒު ގޮތުގައި ޑޮނޭޝަންގެ ނަމުގައި ފައިސާ ހޯދަން މަސައްތަކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ފަރުވާތެރިވެ ހަޤީޤަތް ބަލާފައިމެނުވީ އެފަދަ ކަމަކާއި ބައިވެރި ނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަށްވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ޢަބުދު ﷲ ފައިރޫޒް ވިދާޅުވީ ބަޔަކު މިކަމުގެ ނާޖާއިޒް ފައިދާ ހޯދަން، ކޮންމެސް ސިފައެއްގައި މަސައްކަތްތަކެއް ކުރަމުން ދާކަމަށް މަޢުލޫމާތު ލިބޭކަމަށެވެ.

Ad
rt

އޭސީޕީ އިތުރަށް ވިދާޅުވީ އޭގެ ތެރޭގައި ޑޮނޭޝަންގެ ގޮތުގައި ފައިސާ ހޯދުމުގެ ކަންތައް ހިނގަމުންދާތީ ހުރިހާ ބޭފުޅުންވެސް ފަރުވާތެރިވެ އޭގެ ހަޤީޤަތް ބައްލަވާފައިނޫނީ އެކަމުގައި އިންވޯލްވުމަށް ނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ނަމުގައި ފޭކް ފޯނު ކޯލުތަކެއް ކުރަމުންދާތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އެ ޖަމިއްޔާ އިން މިއަދުވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުލުހުންވެސް ގެންދަވަނީ ރައްޔިތުންގެ ރައްކާތެރި ކަމަށާއި، ސަލާމަތާއި އަމަން އަމާން ކަމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.