ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ހިލޭކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

އެގޮތުން އަންނަ އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

Ad
rt

އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މީގެ ކުރިން ޤައުމީ ފެންކުންފުނިންވަނީ ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވެއެވެ.