ކޮވިޑް-19 އާއި ގުޅިގެން މިވަގުގު މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 2 ރަށެއް ކަމަށް ސަރުކާރުން ހާމަ ކުރައްވައިފިއެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުގު މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 2 ރަށެއް ކަމަށެވެ.
އެ ދެރަށަކީ ޝެވަލް ބްލޭންކް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓެވެ. އޭގެ ތެރެއިން ޝެވަލް ބްލޭންކް މޮނިޓަރ ކުރަމުންދަނީ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތެއް ފެނުމުންނެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް މޮނިޓަރ ކުރަމުންދަނީ 8 ދިވެހިންނާއި 2 ބިދޭސީން ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭތީކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
އައިސޮލޭޝަން އަދި ކަރަންޓީނުގައި މިވަގުތު 169 މީހެއް ތިބި ކަމަަށް މިއަދު ހާމަކުރައްވާފައި ވާއިރު، އެންމެ ގިނަ މީހުން ތިބީ އެޗްއައިއެޗް 75 ގައިއެވެ. ވިލިވަރުގައި 25 މީހުން ތިބި އިރު ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި 51 މީހުން އެބަ ތިއްބެވެ. ވެލިދޫ އައިސޮލޭޝަންގައި 16 މީހުން ތިބި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި 2 މީހަކު އެޑްމިޓްކޮށްފައިވެއެވެ.
ރާއްޖޭގައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާތަނަށް 517 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 502 ނެގެޓިވް ވެފައިވާއިރު، 15 ސާމްޕަލްގެ ނަތީޖާ މިހާތަނަށް ނުލިބިފައެއް އަދި ނުވެއެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭންވެސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!