ކަމެއް ފޮރުވުމަށް، އަންގަން ބުނާ ދުވަހަކު ޕްރެސްކޮންފެރެންސް ދޭން ނީންނަވާނެ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކު އިތުރަށް ވިދާޅުވީ ކަމެއް ފޮރުވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސީދާ ލިބިފައިވާ އިރުޝާދަކީ މިބަލިން ސަލާމަތްވުމަށާއި މިކަމުން ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެވެ.
ޕްރެސްކޮންފެރެންސް ދުވާލު ދެ އިރު ބާއްވަނީ ގަޑިން ގަޑިއަށް މައުލޫމާތު ދިނުމަށްކަމަށް މަބްރޫކް ވިދާޅުވި އެވެ. ތަނެއްގައި ތޯތޯކޮށް ދައްކާ ވާހަކައެއް ނަގައިގެން އެވާހަކަ ބޮޑު ސިންގާ ކަމަކަށް މިދަނޑިވަޅުހެދީމާ އިއްޔެގައި މާލޭގައި މީހުންގެ ހާސްކަން އިތުރުވީކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މީޑިޔާއަކަށް މީޑިޔާއިން ބޭނުންވާ މައުލޫމާތު ނަގައިގެން ޒިންމާދާރު ކަމާއެކު މައުލޫމާތު ފެތުރޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ހާސްކަން އިތުރުވާ ގޮތަށް އެކަން ނުކުރުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!