ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އިއްޔެ ސުޕްރީމު ކޯޓަށް ހުށެޅި މައްސަލަ ސުޕްރީމު ކޯޓުންވެސް ނަގައިފިއެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބު ބާއްވާ ތާރީޚް ލަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއިން ބުނެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.

Ad
rt

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލާ ދުވަސް އިތުުރަށް ލަސްކޮށް ދިނުމުގެ އަމުރަކަށްއެދި އެދި އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އެދުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެޔަށްފަހު އެމައްސަލަ ހައި ކޯޓުން ނެގުމަށްފަހު، އިއްޔެ ވަނޚ ސުޕްރީމު ކޯޓަށް ހުށަހަޅާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެކަމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި މެންބަރަކު ދެއްކެވި ވާހަކައާގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިންތިހާބު ފަސް ކޮށް، ބާތިލުކޮށް އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.