ކޮވިޑް-19ގެ ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ ކަމަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިމަޖެންސީ ސެންޓަރުގައި ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑް-19 އިން އަރައިގަތުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފައި ކަމަށެވެ. އެގޮތުން ސަރވެރިލެންސް ސާމްޕްލިންގް އާއި ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ ކަމަށެވެ.

Ad
rt

ކޮވިޑް-19އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރައްވަން މަބްރޫކު ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން 8 ކޭހެއް ޓެސްޓުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކޭސްތައް:

  • ބެންގަލޫރުން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • މާލެ: ލަންކާ އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • ސ. ހިތަދޫ: ކޮޗިން އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • ޅ. ހިންނަވަރު: ލަންކާ އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • ދ. ކުޑަހުވަދޫ: ޓްވިންޑްރަމް އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • އއ. އުކުޅަސް: ޓްވިންޑްރަމް އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • ރ. ފައިނު: ކޮޗިން އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  • އައިލެންޑް ސަފާރީގެ ދެ ޕޮސިޓީވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު އަލާމާތް ހުރި މީހެއް، ސާމްޕްލިންގެ މަސައްކަތް ދަނީ ކުރިއަށް.

މަބްރޫކު ވިދާޅުވީ މިވަގުތު މޮނިޓަރިންގައި އޮތީ، ގިލިލަންކަންފުއްޓާއި، އަންނަތަރާ ކިހާވަށް ރިސޯޓާއި، އއ. މަތިވެރިއާއި، އައިލެންޑް ސަފާރީ 1 އާއި އަދި "މައިސްކައި" ޔޮޓް ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.