ސައުދީ އިލްމުވެރިންގެ ފަތުވާއާއި އެކު ދެހަރަމް ފިޔަވައި އެހެން މިސްކިތްތަކުގައި ޖަމާއަތްހަދައިގެން ނަމާދު ކުރުން ހުއްޓާލައިފި އެވެ.

މަސްޖިދުލް ހަރަމާއި މަސްޖިދުއްނަބަވީ ފިޔަވައި ސައުދީ އަރަބިއްޔާގެ އެހެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

Ad
rt

ސައުދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން މިގޮތައް ނިންމާފައިމިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންއަންނަ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ. ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ހުރިހާ މިސްކިތެއްގައިވެސް ކޮންމެ ނަމާދު ވަގުތެއްގައި ބަންގި ގޮވާނެކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ސައުދީ އަރަބިއާގައި ހުރި އެގައުމުގެ މީހަކަށް ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ޖެހިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

ސައުދީ އަރަބިއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުން ވަނީ އުމްރާ ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފަ އެވެ. މީގެ ކުރިން އެގައުމުން ނިންމާފައި އޮތީ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމްރާ ނުކުރެވޭ ގޮތަށް ހަދާށެވެ. ނަމަވެސް ސައުދީން ވަނީ އެ ގައުމުގެ ރައްޔިތުންވެސް އުމްރާ ނުކުރަން އަންގާފަ އެވެ.

މިއަދާއި ހަމައަށް ސައުދީއިން ވަނީ 133 މީހުން ކޮވިޑް19 އަށް ޕޮޒިޓިވެ ވެފައެވެ. މިއަދު އެކަނިވެސް އެގައުމުން 15 މީހަކު މިބައްޔަށް ޕޮޒިޓިވެ ވެފައިވެއެވެ.