ކޮވިޑް-19 ދެނެގަނެ, އެ ފަރާތްތައް އެކަހެރި ކުރުމާއި، ފަރުވާ ދިނުމުގައި މިހާރު ކުރަން އެންމެ މުހިންމު ކަމަކީ ޓެސްޓުކޮށް ބަލިމީހާ ވަކިކުރުން ކަމަށާއި އެގޮތުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.
ރޭ ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓުކޮށް ދެނެގަތުމުގެ މަރުޙަލާގެ ކަންކަން އަދިވެސް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދާކަމަށެވެ.
"ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ"
ޓެޑްރޯސް ވިދާޅުވިއެވެ.
މިއާއިވިދިގެން ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބަލި ޖެހިފައިތިބި މީހުން ނޭނގި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ގޭގައި ވަކިން ބަހައްޓާމީހާ ބަލާމީހާވެސް މާސްކު އަޅާ އަތް ސާފުކުރަންޖެހޭ
މިއީ ނުރައްކާތެރި ބައްޔެއް
ކުޑަކުދިންވެސް މީގައި ނިޔާވޭ
އެހެންމީހުންނަށާ ތިމާއަށްޓަކާ ފަރުދީ ޒިންމާ ވަރަށް މުހިންމު https://t.co/xMJQr7liDl— Ahmed Faisal (@Faisalnaifaru) March 16, 2020
އޭގެ އިތުރުން، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޑަބްލިއުއެޗްއޯއިން 120 ޤައުމަށް 1.5 މިލިއަނަށްވުރެ ގިނަ ޓެސްޓު ކިޓްތައް ފޮނުވާފައިވާކަން ފާހަގަކުރައްވައި ޓެޑްރޯސް ވަނީ އެންމެ މުހިއްމު އިލްތިމާސެއްގެ ގޮތުން މި ވައިރަސްއަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
ހުރިހާ ޤައުމުތަކަށްވެސް ދޭން އޮތީ އެއް މެސެޖެއް، ޓެސްޓް، ޓެސްޓް، ޓެސްޓް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ހުރިހާ ކޭސްއެއް ޓެސްޓު ކުރޭ، ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓްކޮށް، ފާއިތުވި 2 ދުވަހުގެ ކްލޯސް ކޮންޓެކްޓްތައް އަވަހަށް ހޯދައި، އެމީހުންވެސް އަވަހަށް ޓެސްޓު ކުރޭ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ސޯޝަލް ޑިސްޓެންސިންގ މަދު ކުރުމަށްޓަކައި އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން ބައެއް ސުކޫލުތަކާއި، އާންމުން އެއްވެ އުޅޭ ތަންތަން ބަންދު ކުރުމަށް އެކި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ޓެޑްރޯސް ތައުރީފް ކުރެއްވިއެވެ.
ކޮވިޑަކީ އާ ބައްޔެއްކަމަށާއި ހީވެސް ނުކުރާކަހަލަ ކަންތައްތަކެއް ދިމާވެދާނެކަމަށް ވިސްނާ ތައްޔާރަށް ތިއްބެވުމަށް ޓެޑްރޯސް އެދިލެއްވިއެވެ.
މިހާރު މިކުރާ ބުރަމަސައްކަތްތައް ދެމެހެއްޓެނިވިގޮތަކަށް ކުރެވޭތޯ ބަލަންވާނެ، ދެން އަންނަ ރާޅަކަށް ތައްޔާރަށްތިބެވޭނީ އެއިރުން، ގޭގައި ވަކިން ބަހައްޓާމީހާ ބަލާމީހާވެސް މާސްކު އަޅާ އަތް ސާފުކުރަންޖެހޭ މިއީ ނުރައްކާތެރި ބައްޔެއް، ކުޑަކުދިންވެސް މީގައި ނިޔާވޭ އެހެންމީހުންނަށާއި ތިމާއަށްޓަކާ ފަރުދީ ޒިންމާ ވަރަށް މުހިންމު
ޓެޑްރޯށްގެ ވާހަކަައިގައި އިތުރަށް ވިދާޅުވެފައިވެއެވެ.
Media briefing on #COVID19 with @DrTedros. #coronavirus https://t.co/VkQTd7Lud8
— World Health Organization (WHO) (@WHO) March 16, 2020
ޓެޑްރޯސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަށް އެހީފޯރުކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން ހުކުރު ދުވަހު ހުޅުވި މި ފަންޑަށް މިހާތަނަށް އައިއިރު ލައްކައަކަށްވުރެ ގިނަ މީހުން އެހީ ފޯރުކޮށްދީފައިވާ ކަމަށާއި، 19 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދިފައިވާކަން ޓެޑްރޯސް ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ މިހިނގާ މާރޗު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރުވެސް ޓެޑްރޯސް ވަނީ ބުރަ މަސައްކަތާއެކު މި ވައިރަސްއިން ސަލާމަތް ވެވިދާނެކަން ބައެއް ޤައުމުތަކުން ސާބިތުކޮށްދީފައިވާ ކަން ފާހަގަކުރައްވައި، ކުރީބައިގައި ބަލި ދެނެގަނެ، ޓެސްޓުކޮށް، ފަރުވާކުރެވި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ވައިރަސްގެ ނުރައްކާ ކުޑަ ކުރެވޭނެ ގޮތެއްކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!