މިހާލަތުގައި ކުއްޔަށް އުޅޭ އެތައްހާސް ޢާއިލާއެއް ދައްކަން ޖެހޭ ކުލިން މިންވަރެއްވެސް ކުޑަ ވުމަކީ ޢާއިލާތަކަށް ލިބޭނެ ކިހާ ބޮޑު ލުއި ކަމެއްތޯއެވެ؟ އިންސާނިއްޔަތަށްޓަކައިވެސް މިތަންވަޅު އެފަރާތްތަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ އެޢާއިލާތަށް ދައްކަން ޖެހޭ ކުއްޔަށް ލުޔެއް ދިނުމެވެ. ރިލްވާން ލަތީފް (ރިލޭ)ގެ ބޭނުމަކީވެސް އެއީކަން ކަށަވަރެވެ.
ރިލްވާން ޝަރީފް ގެ ޓުވީޓު ކިޔާލަމާތޯއެވެ؟ "އަންނަ މަހުގެ ކުލި ހިލެ އެވެ. މި ދުވަސްވަރު ތިބޭފުޅާއަށް ގިނައިން ލާރި ނުލިބޭނެކަން އެނގެ އެވެ. އަހަންނަކަށް ވެސް ނުލިބެ އެވެ. އެކަމަކު ކާބޯތަކެތި ފަދަ ޒަރޫރީ އެއްޗެހިން ދެ މީހުންނަށް އެހީތެރިވަމާ ހެއްޔެވެ؟ މި ހަނގުރާމަކުރާނީ އެއްބައެއްގެ ގޮތުގަ އެވެ."
Landlord: My dear tenant, your rent for the next month is free. I know you will not earn much these days and I won’t either. Let’s just support each other with food and what’s only necessary. We fight this together.#COVIDー19 #ShutDownMaldives#EkuveriDhivehin#TweetComeTrue❤️
— RilwanLatheef (@RilwanLatheef_) March 16, 2020
ރިލްވާން ޝަރީފަކީ ގެދޮރު ކުއްޔަށްދޭ މީހަކަށް ނުވިޔަސް އޭނާގެ މިޝުއޫރަކީ އެތައްހާސް ޢާއިލާއެއްގެ ޝުއޫރެވެ. އެންމެ ބޮޑު އުފަލަކީ ރިލްވާންގެ މި ޓުވީޓުގެ ފައިދާ ޢާއިލާތަކަށް ކުރީއެވެ. ރިލްވާންގެ އިންސާނިއްޔަތުކަމުގެ ކެމްޕެއިން ވައިގައި ހިފައި ކާމިޔާބުވީއެވެ.
ލަހެއްނުވެ ޓުވީޓާގައި ނުހަނު ހަރަކާތްތެރި މުޙައްމަދު ސައީދު އޭނާ ކުއްޔަށް ދީފައި ހުރި ތަންތަނުން ކުލި ކުޑަކޮށްދިންކަން ޓުވީޓެއް މެދުވެރިކޮށް ހާމަކުރީއެވެ.
އަޅުގަނޑު ކުއްޔަށްދީފައިވާ ތަންތަނުގެ ކުލި ކުޑަކޮށްފިން. މާލޭ ރައްޔިތެއް ކަމަކު އަޅުގަނޑުވެސް އުޅެނީ ކުއްޔަށް،
ކޮން އިރަކުންތޯ ތިޔަ އެންމެހާ ބޭފުޅުން އިންސާނިއްޔަތުކަން އިސްކުރައްވައި، ކުލި ކުޑަ ކޮށްދެއްވާނީ— Rukuma Ali (@RukumaAli) March 16, 2020
އޭގެ ފަހުން ލަވަކިޔުންތެރިޔާ އަލީ އަބްދުލްކަރީމް (ރުކުމާ) ވެސް ވަނީ އޭނާގެ ގޭގެ ކުލި ހެޔޮކޮށްދިންކަމަށް ޓްވީޓް ކޮށްފައެވެ.
ކުއްޔަށް އުޅޭ ޢާއިލާތަކުގެ ހެޔޮދުއާ ވަނީ އެފަރާތްތަކާއި އެކުއެވެ. ރިލޭގެ ކެމްޕެއިން ކާމިޔާބުވެ މިއޮތީ ވައިގައި ހިފައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!