މީރު އައިލަންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓްކުރި 12 މީހުންވެސް ނެގެޓިވް ވެއްޖެއެވެ.

‏⁧‫ކޮވިޑް19‬⁩ އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައިކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.

Ad
rt

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 13އަށް އަރާފއިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.

ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ:
– ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
– ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
– ކުރަމަތި މޯލްޑިވްސްއިން 2 މީހުން
– ސަފާރީއަކުން 2 މީހުން
– އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

ކޮވިޑް19އާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ދަށުން ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާފަ އެވެ.