ޤައުމީ ފެން ކުންފުނި ކަމުގައިވާ އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލަން ނޫޅޭ ކަމުގައި، ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި ހުންނަ ކޮވިޑް-19 އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހިއްސާއެއް ވިއްކާލަން ސަރުކާރުން ނޫޅޭ ކަމުގައެވެ.
އެސުވާލުގެ ޖަވާބުގައި މަބްރޫކު ވިދާޅުވެފައިވަނީ އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމުގައައާއި، އެމައުލޫމާތު ސައްހަނޫންކަމަށެވެ.
ޤައުމީ ފެން ކުންފުނިންވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާލޭގެ ކޮންމެ ގޭ ބިސީއަކަށް ފެންޓަނެއް ހިލޭ ދިނުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!