މާލެ އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ދިގު ރިސޯޓުން، އިތުރު ބިދޭސީއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 11 ވަނަ މީހާއެވެ.

އެޗްޕީއޭ އިން ބުނީ އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވްވި މީހާ ހުރީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ.

Ad
rt

ރާއްޖެއިން އެބައްޔަށް މިހާތަނަށް ޕޮޒިޓިވް 11 މީހުންނަކީވެސް ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް11 މީހަކު ޕޮޒިޓިވުވުން

  • 7 މާރޗް 2020، ކުރެއްދޫ އައިލެންޑް ރިސޯޓުން 2 ބިދޭސީއަކު ޕޮޒިޓިވްވުން.
  • 9 މާރޗް 2020، ސެންޑީޒް ބަތަލާ ރިސޯޓުން 2 ފަތުރުވެރިއަކު ޕޮޒިޓިވްވުން.
  • 9 މާރޗް 2020، ކުރެއްދޫ އައިލެންޑް ރިސޯޓުން 2 ބިދޭސީއަކު ޕޮޒިޓިވްވުން.
  • 9 މާރޗް 2020، ކުރަމަތި އައިލެންޑް ރިސޯޓުން 2 ބިދޭސީއަކު ޕޮޒިޓިވްވުން.
  • 13 މާރޗް 2020، އަނަންތަރާ ދިގު އައިލެންޑް ރިސޯޓުން 1 ބިދޭސީއަކު ޕޮޒިޓިވްވުން.
  • 14 މާރޗް 2020، ކުރެއްދޫ އައިލެންޑް ރިސޯޓުން 1 ބިދޭސީއަކު ޕޮޒިޓިވްވުން.
  • 15 މާރޗް 2020، އަނަންތަރާ ދިގު އައިލެންޑް ރިސޯޓުން 1 ބިދޭސީއަކު ޕޮޒިޓިވްވުން.

ރާއްޖެއިން ބަލި ފެނުނު ރިސޯޓުތަކާއި ބައްޔަށް ޝައްކު ކުރެވޭ މީހުން ތިބި ރިސޯޓުތައް އޮތީ މޮނީޓަރިންގައެވެ.

ރާއްޖޭގައި މިވަގުތު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާއިރު މާލެ ސަރަހައްދުގެ ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނައުންވެސް ދެ ހަފްތާގެ މުއްދަތަށް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އިޓަލީއާއި ސްޕެއިން އަދި ބަންގްލަދޭޝްއިން އަންނަ މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. ފްރާންސް އާއި ޖަރުމަނު އަދި ސައުތު ކޮރެއާގެ ބައެއް ސަރަހައްދުތަކުން މީހުން އައުންވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

ކޮރޯނާއާ ގުޅިގެން އަޅާފައިވާ އަނެއް ފިޔަވަޅަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުންދިޔުން މަނާކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމެވެ.