އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 ނުވަތަ ކޯރޯނާވައިރަހަށް، ކުރެއްވި ޓެސްޓް ނެގެޓިވް ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މާރިއާ ބެގަނޮވާ ގޮމޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ވަނީ ބުނެފި އެވެ.

Ad
rt

ސްޕެއިންއިން ބުނީ އެގައުމުގެ ބޮޑުވަޒީރު އަރިހުގައި އުޅުއްވި އެހެން ބޭފުޅުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް މިހާރުވަނީ ދުނިޔޭގެ ކަންކޮޅުތަކުން 156444 މީހުންނަށް ޖެހިފައެވެ.

ދުނިޔޭގެ 151 ޤައުމަކާއި، ސަރަޙައްދަށް މިވައިރަސް ފެތުރިފައިވާއިރު، މިވައިރަސްގެ ސަބަބުން 5832 މީހުންވަނީ މަރުވެފައެވެ. އަދި މިވައިރަސް ޖެހުނު މީހުންތެރެއިން 75799 މީހުން މިވައިރަސްއިން ފަސޭހަވެފައިވެސް ވެއެވެ.