ކޮވިޑު-19 ރާއްޖޭގައި ފެތުރޭނެ މިންވަރުން އެންމެ ގޯސް ހާލަތެއްގައި ލަފާ ކުރައްވައި ޕްރޮފެސަރު އުގެއިލު މިއަދު ކުރެއްވި ޓުވީޓާއި ގުޅިގެން ގިނަބަޔަކު ކަން ބޮޑުވެއްޖެއެވެ.
އުގެއިލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެންމެ ގޯސް ހާލަތެއްގައި ރާއްޖެއިން 10،000 މީހުން ކޮވިޑް-19 ޖެހިގެން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެއްވެސް ކަމެއް ނުކުރާނަމަ، އާބާދީގެ 65 އިންސައްތައަށް އެ ވައިރަސް ފެތުރި އޭގެތެރެއިން 3 އިންސައްތަ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
I won't challenge a mathematician on math.@HPA_MV and all stakeholders, including common people, are working really hard to prevent worst-case scenario.
We have to be ready. Plan for the worst. And make all humanly possible effort for best case scenario. All energy to that.
— Abdulla Niyaf (@niyaf) March 14, 2020
ޕްރޮފެސަރު އުގެއިލުގެ މިލަފާ ކުރުމާއިއެކު ގިނަ ބަޔަކުދަނީ ޓުވީޓާގައި އުގެއިލްގެ ޓުވީޓަށް ރައްދުދީ ވާހަކަ ދައްކަމުންނެވެ. ރައްދު ދެމުންދާ ބޮޑު އިންސައްތައެއް ރައްދު ދެމުންދަނީ އުގައިލްގެ އެލަފާކުރުމާމެދު ކަންބޮޑުވެ، ނުރުހުހިގެންނެވެ. އެމީހުން ބުނަމުންދާ ގޮތުގައި އުގެއިލް ފަދަ ބޭފުޅަކު މިދަނޑިވަޅުގައި އެފަދަ ވާހަކައެއް ވިދާޅުވުން ރައްޔިތުންގެ ހާސްކަން އިތުރުވެ، ނުތަނަވަސްކަން އިތުރުވެގެން ދާނެއެވެ.
މިޓުވީޓަށް ރައްދު ދެއްވައި، ކޮވިޑް-19 އާއި މެދު އާންމުން ހޭލުންތެރި ކުރުމަށް ގިނަމަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާއައިޖީއެމްއެޗްގެ އެތެރެހަށީގެ ޑަކްޓަރު، ޑަކްޓަރު މުޙައްމަދު ޢަލީ " ތެދެއް ނޫން " ކަމަށްވިދާޅުވެ، އެވާހަކައާއި އެއްބަސްވެ ވަޑައިނުގަންނަވާ ކަން ދޭހަވާ ގޮތަށްވަނީ ޓުވީޓު ކުރަށްވާފައެވެ.
ޑަކްޓަރު މުޙައްމަދު ޢަލީ ފަދައިން ކޮވިޑް-19 އާއި މެދު އާންމުން ހޭލުންތެރި ކުރުމަށް ގިނަމަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކުޑަކުދިންގެ ޚާއްޞަ ޑަކްޓަރު، ޑަކްޓަރު ނިޔާފް، އުގެއިލްގެ ޓުވިޓާއި ގުޅިގެން ވިދާޅުވީ " އަހަރެން ހިސާބުގެ އިލްމުވެރިއަކަށް ހިސާބަށް ޗެލެންޖެއް ނުކުރާނަން. މިކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތަކުން ރައްކާތެރިވުމަށް އެޗްޕީއޭ، މުއައްސަސާތަކާ އާންމުން މަސައްކަތް ކުރަމުން ދަނީ. އަހަރެމެން ތިބެންވާނީ ތައްޔާރަށް. ރާވައިގެން ތިބެންވަަނީ ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކަށް. އަހަރެމެންގެ ހުރިހާ ހަކަތައެއް އެކަމަށް ހުސްކުރުމަށްފަހު ބަލަންވީ އިންސާނީ ގޮތުން އެންމެ ރަނގަޅު ހާލަތެއް އުފެއްދޭތޯ؟ "
އަޒުރާ އަބުދުއްރަޙީމް ކިޔާ މީހަކު، އުގެއިލްގެ ޓުވިޓަށް ރައްދު ދެމުން ބުނެފައިވަނީ " އެންމެ ގޯސް ހާލަތުގައި ބަލަންވީ ސަރުކާރުން ރައްޔިތުން ބިރު ނުގެންނެވުމަށް. މިހެން ކަންކުރުމުން މީހުން އިތުރަށް ބިރު ގަނެ ހާސްވާނީ . މަރުވާ މީހުންގެ އަދަދު ހާމަކުރަމުން ދިއުމުން އޮތީ ކޮންފައިދާއެއްތޯ؟ މީހުން މިހާރުވެސް ހަމައެކަނި ސިއްހީ ހާލަތަކަށް ނޫން ބިރުގަނެފައި އިޤްތިސޯދާއި މެދު ވެސް ތިބީ ބިރުން. މަރުވާ އަދަދު އެނގުން؟ މިޓްވީޓް އާއި މެދު ހިތާމަކުރަން ".
" އުގެއިލް ހީކުރަނީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ ބަލިމަޑުކަމާއި ދެކޮޅަށް އެއްވެސް މީހަކު ފިޔަވަޅެއް ނާޅާކަމަށް. ކިހާ ސައެންޓިފިކް " އުގެއިލްގެ ޓުވިޓަށް ރައްދު ދެމުން މުންޝިދު ބުނެފައިވެއެވެ.
Prof share this info with concerned authorities if it may do any good. The general public is already very worried, they don't need any information which will not do any good to them.
— DrAsiyathMohamedDidi (@DrAsiyaDidi) March 14, 2020
" ޕްރޮފެސަރގެ މިމައުލޫމާތުގައި މޮޅެއްވާނަމަ މިކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރޭ، އާންމު ރައްޔިތުން މިހާރުވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ ، އެމީހުނަށް ފައިދާއެއްނެތް މައުލޫމާތެއް އެމީހުން ބޭނުމެއް ނުވޭ. " އުގެއިލްގެ ޓުވިޓަށް ރައްދު ދެމުން އާޝިޔާ ކިޔާ ބޭފުޅަކު ޚިޔާލު ފާޅުކޮށް ފައިވެއެވެ.
ޕްރޮފެސަރު އުގެއިލު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ، " 10،000 މީހުންގެ މިއަދަދުގެ ބޮޑު ބަޔަކަށް ވެގެންދާނީ އުމުރުން ދުވަސްވީ މީހުން އަދި ސިއްހީ މައްސަތައް ހުންނަ މީހުން. އެހެންކަމުން، އުސޭލެއްގެ ގޮތުން މަރުވާމީހުންގެ އަދަދު މަދު ކުރުމަށް އެފަދަ ފަރާތްތަކަަށް ބަލިފެތުރެންފަށާ ހިސާބުން ފެށިގެން ސިއްޙީ ފަރުވާ ދެވެން ޖެހޭ، " އަދި އިތުރު ޓުވީޓެއްގައި "މިވައިރަސްގެ އަސަރު ކުރާ ސިއްހަތު ރަނގަޅު މީހުންނާއި ޒުވާން އުމުރުފުރައިގެ މީހުންނަކީ މިބަލި ތަހައްމަލް ކުރުމުގެ ބާރު ހުރި އަދި ވަރަށް އަވަހަށް ވައިރަސް އިން ދިފާއުވާ ބައެކެވެ. ދުރަށްވިސްނާނަމަ އެއްގޮތަކުން ފައިދާ ބޮޑު، ވައިރަސް އެންމެނަށް ނުޖެހޭ ގޮތް ހެދުން އެއީކުރެވޭނެ ކަމެއްނޫން ، މިއީ ޔޫކޭ ފަދަ ގައުމު ތަކުގައި ކަންކުރަމުންއަންނަ ގޮތް، މިގޮތް ރަގަޅު ގޮތަކަށް ވުން އެކަށީގެންވޭ!" ބުނެފައިވެއެވެ.
The authorities are doing an extraordinary job truly worthy of admiration. We must all do our bit to make sure we never get to those figures. I do hope and pray that there won’t be a single fatality.
— Professor Ugail (@ugail) March 14, 2020
އެތައްބަޔެއްގެ ފާޑުކިއުން އަމާޒުވުމާއިއެކު އުގައިލްވަނީ މިއަދު އިތުރު ޓުވީޓެއް އެކަމާބެހޭގޮތުން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!