މިހާރު ފެތުރެމުންދާ ކޮވިޑް-19 (ނޮވެލްކޮރޯނާވައިރަސް) އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ (އެސްއޯއީ) އިއުލާނުކުރައްވައިފިއެވެ.

އެމަނިކުފާނު ކުއްލި ޙާލަތު އިއުލާނު ކުރެއްވީ ހުކުރު ދުވަހު ވައިޓްހައުސްގައި އިންނަވައި ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަ ފުޅުގެ ތެރެއިންނެވެ.

Ad
rt

ކުއްލި ނުރައްކަލުގެ ހާލަތު އެމެރިކާގައި އިއުލާންކުރިއިރު، އެ ޤައުމުގެ 44 ސްޓޭޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 2068 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން 41 މީހަކު އެމެރިކާގައި ވަނީ މަރުވެފަ އެވެ.

އެމެރިކާގައިވެސް މި ވައިރަސްއާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމާއި، ސުކޫލުތައް ބަންދު ކުރުމުގެ އިތުރުން ބައެއް ކުޅިވަރު ހަރަކާތްތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.