ކ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތާރާ ދިގު ރިސޯޓުން ޓެސްޓުކުރި މީހާ ކޮރޯނާއަށް ޕޮޒިޓިވްވެ، އިތުރު 11 މީހުން އެކަހެރިކޮށްފި އެވެ.

އަނަންތާރާ ދިގު ރިސޯޓުން ކޮރޯނާވައިރަހަށް ޓެސްޓުކުރި ބިދޭސީ މީހާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

Ad
rt

ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއް އެކަހެރި ކޮށްފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން 11 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެމީހުން އައިސޮލޭޝަންއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މޮނިޓަރކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ދެންމެ ކުރި ޓުވީޓެއްގައެވެ. މިއާއެކު ރާއްޖޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 9 އަށް އަރާފައެވެ.