އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގުހެޔޮ ކޮށްފިއެވެ.
އެސްޓީއޯއިންވަނީ އެކުންފުނިން ވިއްކާ ޑީސަލްގެ އަގުން ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލްގެ އަގުން ލީޓަރަކުން 53 ލާރި 13 މާރޗް 2020 އިން ފެށިގެން ހެޔޮ ކުރަން ނިންމައިފައެވެ.
މި ބަދަލު ގެނެވުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއި ގުޅިގެންކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ވިދިވިދިގެން ހެޔޮކުރި ހަތަރު ވަނަ ފަހަރެވެ. މިފަހަރު މި ގެނެވުނު ބަދާލާއެކު 13 މާރޗް އިން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.39ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 9.60ރ އަށެވެ.
އެސްޓީއޯއިން އަންނަނީ ދިވެހިރައްޔިތުންނަށް ޖީބަށްލުއި ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!