ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 6 އަށް އަރައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 6 އަށްއެރީ ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

Ad
rt

ސަރުކާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާނު ކުރެއްވީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒެވެ.

އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އެއީ 2 ބިދޭސީން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.