ވ. ތިނަދޫއިން ކޯވިޑް -19 އަށް ޝައްކުކުރެވިގެން ޓެސްޓް ކުރި މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ބުނީކޮވިޑް19‬⁩ އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ ⁧‫ކޯވިޑް19‬⁩ ގެ ޓެސްޓްވަނީ ނެގަޓިވްވެފައިވާކަމަށެވެ. ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެކަމަށެވެ.

Ad
rt

މިކަމާގުޅިގެން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށް އަންގަން.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވެއެވެ.