ކ. ޒިޔާރަތް ފުށީގައި ތަރައްޤީކޮށްފައިވާ ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވި 2 ފަތުރުވެރިޔަކު ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން މާލެ އަތޮޅު އުތުރު ބުރީގައި އޮނަ އެރިސޯޓަށް އަރައި ފައިބާ ހެދުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަކަމަށާއި، މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުން ގެންދަވާނެ ކަމަށްވެސް އެޗްޕީއޭއިން ބެނުފައިވެއެވެ.
ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު #ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދޭ.
— Health Protection Agency (@HPA_MV) March 7, 2020
އެފަތުރުވެރިޔާ ތަހުލީލުތައް ކުރުމަށް ގެންގޮސްފައިވަނީ ފަރުކޮޅު ފުށީގައި ގާއިމު ކުރެވިފައިވާ ކަރަންޓީނު ފެސިލިޓީއަށެވެ.
ރާއްޖެއަށް މިވައިރަސްގެ ނުރައްކާ ބޮޑުވެ، ވައިރަސްއަށް ޝައްކުވެގެން 6 މީހަކު އެކަހެރި ކުރެވިފައިވާ ކަމަށް ރޭވެސް ވަނީ ސަރުކާރުން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!