2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީއިން ފެތުރެންފެށި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ހަލުވިކަމާއިއެކު ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ ހުރިހާ ބައްރަކަށްހެން ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް މިހާރުވަނީ ދުނިޔޭގެ ކަންކޮޅުތަކުން 102239 މީހުންނަށް ޖެހިފައެވެ.

Ad
rt

ދުނިޔޭގެ 97 ސަރަހައްދަށް މިވައިރަސް ފެތުރިފައިވާއިރު، މިވައިރަސްގެ ސަބަބުން 3497 މީހުންވަނީ މަރުވެފައެވެ. އަދި މިވައިރަސް ޖެހުނު މީހުންތެރެއިން 57،623 މީހުން މިވައިރަސްއިން ފަސޭހަވެފައިވެސް ވެއެވެ.

މިވައިރަސް އެންމެ ގިނައިން ޖެހިފައިވަނީ ވައިރަސް ފެތުރެންފެށި ޗައިނާއިންނެވެ. އެޤައުމުން 80،651 މީހުންނަށް މިހާތަނަށް މިވައިރަސް ޖެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނަމީހުންނަށް މިވައިރަސް ޖެހިފައިވާ ސައުތު ކޮރެއާގެ 6،767 މީހުންނަށް މިވައިރަސް ޖެހިފައިވެއެވެ. 4،747 މީހުންނަށް މިވައިރަސްޖެހި ތިންވަނައަށް އެންމެގިނަ މީހުންނަށް މިވައިރަސް ޖެހިފައިވަނީ އީރާނު މީހުންނަށެވެ. އެޤައުމުން އިއްޔެއާއި މިއަދު އެވައިރަސް ޖެހުނު އިތުރު މީހަކު އިތުރަށް ފެނިފައިނުވެއެވެ.

ރާއްޖެއަށް މިވައިރަސްގެ ނުރައްކާ ބޮޑުވެ، ވައިރަސްއަށް ޝައްކުވެގެން 6 މީހަކު އެކަހެރި ކުރެވިފައިވާ ކަމަށް ރޭވަނީ ސަރުކާރުން ހާމަކޮށްފައެވެ.