ޅ. ކުރެއްދޫ ރިސޯޓުން އަނބުރާ ޤައުމަށް ދިޔަ އިޓަލީ ފަތުރުވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެންގީ އޭނާ އަމިއްލައަށް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެ ފަތުރުވެރިޔާއަށް އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އަނބުރާ އިޓަލީއަށް ދިޔަފަހުން ކަމަށްވެސް މިނިސްޓަރު ޢަލީ ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ދިނުމަށް މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ ރާއްޖެ އައި އިރު ކޮރޯނާގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސްގެ އަސަރެއް ފެނިއްޖެނަމަ އަދި މިވަގުތު ވެސް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަމުން މިދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.
ވ.ތިނަދުއާއި ޅ.އަތޮޅު ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށް، މާދަމާ ރޭ 11:00 އިން ފެށިގެން އިޓަލީ ވިލާތުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!