ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން އެޕާޓީން ވަކިކުރަން ނިންމައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓުގައި މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ނިންމައިފި ކަމަށެވެ.

Ad
rt

ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދު ނިންމައިފި

އެޕާޓީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

މިގޮތަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހުގައެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ކެންޑިޑޭޓުންގެ ތެރެއިން މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދުވެސްވަނީ ހަމަ މިފިޔަވަޅު އަޅާފަކަމަށް އެޕާޓީން ބުނެއެވެ.