ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި، އެ ފަރާތް ޖޫރިމަނާ ކޮށްފައެވެ.
ޓިކްޓޮކްގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި މީހަކު ސިނަމާލެ ބްރިޖުމަތިން ދުއްވާފައިދާއިރު ސައިކަލްގެ ސައިޑަަކަށްޖެހި ދެފައި ބާލައިގެން ދުއްވާ މަންޒަރުފެނެއެވެ.
މީގެ ކުރީން ވެސް ވަނީ ބުރިޖުމަތީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މައްސަލަތައް ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!