ބައްޝާރުލް އަސަދުގެ ވެރިކަން 2024 ވަނަ އަހަރު ނިމުމަކަށް އައި ފަހުން، ސޫރިޔާގައި އެކުލަވާލި ފުރަތަމަ ޕާލަމަންޓުގައި އަންހެން މެންބަރުންގެ އަދަދު މަދު ނަމަވެސް، އެ މެންބަރުންގެ ތަފާތު ފެކްޝަންތަކާއި ފިކުރުތައް ތަމްސީލުވުން ވަނީ ފާހަގަކުރެވިފައެވެ.
ޖުމްލަ 207 ގޮނޑީގެ ތެރެއިން އަންހެނުންނަށް ލިބިފައިވަނީ 22 ގޮނޑިއެވެ. މިއީ ކުރީގެ މަޖިލީހާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތައިގެ ނިސްބަތެކެވެ.
ތަފާތު ދާއިރާތަކުގެ އަންހެން މެންބަރުން
މިފަހަރުގެ ޕާލަމަންޓުން ފާހަގަކޮށްލެވޭ އެއް މެންބަރަކީ މަޝްހޫރު ޑްރާމާ އެކްޓްރެސް ރޫޒައިނާ ލަޒްކާނީ އެވެ. އުމުރުން 36 އަހަރުގެ ލަޒްކާނީއަކީ ރައީސް އަހުމަދު އަލް-ޝަރާ އައްޔަންކުރެއްވި 70 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް މުޅިން އާ ލަޒްކާނީ ބުނި ގޮތުގައި، އޭނާ އައްޔަންކުރި ޚަބަރު ލިބުމުން އެއީ މީހަކު ކުރި ސަމާސާއެއް ކަމަށް ފުރަތަމަ ހީކުރެވުނެވެ.
ކުރުދީ މުޖުތަމައުގެ ބައިވެރިވުން
ކުރުދީ މުޖުތަމައު ތަމްސީލުކުރައްވާ ފަސްލާ ޔޫސުފް އަކީ ކުރުދީންގެ ހައްގުތަކާއި އަންހެނުންގެ ހަމަހަމަކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ މަޖިލީހަށް ވަޑައިގަންނަވަނީ ކުރުދީންގެ ސަގާފީ ހެދުމުގައެވެ. ހަމައެއާއެކު، ހޯމްސް ސިޓީ ތަމްސީލުކުރައްވާ ލިޔުންތެރިޔާ ނޫރު ޖަންދަލީ ވިދާޅުވީ، ކުރީގެ މަޖިލީހަކީ ވެރިންގެ އަތްމަތީގައި އޮތް ހަތިޔާރެއް ކަމަށާއި، ނަމަވެސް މިފަހަރު މަޖިލީހަށް ވަދެވަޑައިގަތީ ބަދަލެއް ގެނައުމަށް ކަމަށެވެ.
ކުރުދީ މުޖުތަމައު ތަމްސީލުކުރައްވާ ފަސްލާ ޔޫސުފް
އިސްލާމީ ފޭރާމާއި އާ އުސޫލުތައް
ސޫރިޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޫނުބުރުގާ އަޅައިގެން އިންނަވާ މެންބަރަކު ވަނީ މަޖިލީހަށް އިންތިޚާބުވެފައެވެ. އެއީ މިރްވަތު ތޫތޫ އެވެ. އޭނާއަކީ ކުރީގެ ހަނގުރާމަވެރި ކޮމާންޑަރެއްގެ ހުވަފަތް އަނބިކަނބަލެކެވެ. މީގެ އިތުރުން އައިޝާ އަލް-ދިބްސް ފަދަ މެންބަރުންގެ ޚިޔާލުތަކާ ގުޅިގެން މުޖުތަމައުގައި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ސޫރިޔާގެ މަޖިލީހުގައި ހޯމްސް ސިޓީ ތަމްސީލުކުރައްވާ ލިޔުންތެރިޔާ ނޫރު ޖަންދަލީ
މީގެ އިތުރުން، ކްރިސްޓިއަން ދީނުގެ މެންބަރެއް ކަމަށްވާ މަޑޯނާ ބެޝާރާ އަކީ މަޖިލީހުގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސިވިލް އިންޖިނިއަރިންގް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބެޝާރާ ވިދާޅުވީ، "މިއީ ރަމްޒީ ކަމަކުން ފެށިގެން ގާނޫނުތަކަށް ނުފޫޒު ފޯރުވުމާ ހަމައަށް ދިއުމުގެ މަގުގެ ފެށުން" ކަމަށެވެ.
މި އަންހެން މެންބަރުންގެ ތަފާތު ފިކުރުތަކާއި ފަންތިތަކުން ދޭހަވަނީ، ހަނގުރާމައަށް ފަހު ސޫރިޔާގެ އާ ސަރުކާރުން ހުރިހާ ފަރާތްތަކެއް ޝާމިލުކުރުމަށް މަސައްކަތް ކުރާކަން ދެއްކުމަށް ބޭނުންވާ މިންވަރުކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފަވެއެވެ. ނަމަވެސް، މި ބަދަލުތަކަކީ ހަމައެކަނި ދެއްކުންތެރިކަމެއްތޯ ނުވަތަ ހަގީގީ ބަދަލެއްތޯ ބެލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!