2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ވަރުގަދަ މޮރޮކޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި ފްރާންސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި މެޗުގައި ފްރާންސްގެ ލަނޑުތައް ކީލިއަން އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭ ކާމިޔާބުކޮށްދީފައިވާއިރު، އެމްބާޕޭ މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު، ފުޓްބޯޅައިގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ހާސިލުނުކުރެވޭ ފަދަ މުހިންމު ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ، ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، އެމްބާޕޭ މިހާރު ވަނީ މި ލިސްޓުގެ އެއްވަނަ ހޯދާފައެވެ. ވޯލްޑް ކަޕްގެ ނޮކައުޓް މަރުހަލާގެ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އެމްބާޕޭ ހާސިލްކުރިކަން ޢިއުލާންކޮށް ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ.
ފުޓްބޯޅައިގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ހާސިލުނުކުރެވޭ ފަދަ މުހިންމު ރެކޯޑެއް އެމްބާޕޭ ހާސިލްކުރިއިރު، ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ވެބްސައިޓުން ދައްކާގޮތުގައި، ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިނަކީ:
New record: Congratulations to France's Kylian Mbappé
Most FIFA World Cup knockout goals by a football (soccer) player - 12 ⚽
— Guinness World Records (@GWR) July 9, 2026
- 2 ވަނަ: ލިއޮނިޑަސް (8 ލަނޑު) އަދި ބްރެޒިލްގެ ރޮނާލްޑޯ (8 ލަނޑު)
- 4 ވަނަ: ޖަސްޓް ފޮންޓެއިން، ވަވާ، އޮލްޑްރިކް ނެޖެޑްލީ، ޕެލޭ އަދި ލިއޮނަލް މެސީ (ކޮންމެ ކުޅުންތެރިއަކު 7 ލަނޑު)
- 9 ވަނަ: ޔޫސެބިއޯ، ޖިއޯޖީ ސަރޯސީ، ގެރީ ލިނެކާ، ހެރީ ކޭން އަދި ރޮބާޓޯ ބާޖިއޯ (ކޮންމެ ކުޅުންތެރިއަކު 6 ލަނޑު)
- 14 ވަނަ: ސިލްވިއޯ ޕިއޯލާ، ތޯމަސް މުލާ، ޒައިނުއްދީން ޒިދާން، ވެސްލީ ސްނައިޑާ އަދި މިރޮސްލާވް ކްލޯސާ (ކޮންމެ ކުޅުންތެރިއަކު 5 ލަނޑު)
މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މިހާރުވެސް ކުޅުމުގެ ތެރޭގައި ތިބީ ހަމައެކަނި އެމްބާޕޭ، މެސީ އަދި ހެރީ ކޭން އެވެ. މިފަހަރުގެ މުބާރާތުގެ ރަން ބޫޓަށް އެމްބާޕޭއާ އެންމެ ގާތުން ވާދަކުރަމުންދަނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އާއި ލިއޮނަލް މެސީގެ އިތުރުން، އަލަށް ވޯލްޑް ކަޕްގައި ކުޅެމުންދާ ނޯވޭގެ ތަރި އާލިން ހާލަންޑެވެ.
މި މުބާރާތުގެ ރަން ބޫޓުގެ ރޭހުގައި އެމްބާޕޭ، މެސީ އަދި ކޭންގެ އިތުރުން، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެމުންދާ އާލިން ހާލަންޑް ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ފްރާންސް ސެމީއަށް ދަތުރުކުރުމާއެކު އެމްބާޕޭއަށް އޭނާގެ ރެކޯޑް އިތުރަށް ފުޅާކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.
މޮރޮކޯ މެޗުން ފްރާންސް މޮޅުވުމާއެކު، އެ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ދިފާއުކުރުމުގެ މުހިންމު ލަނޑުދަނޑިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!