އިންޑިޔާގެ ވެރިކަންކުރާ ނިއުދިއްލީއިން އަދި ޓެލެގާނާއިން ކޮރޯނާ ވައިރަސް ފެނިއްޖެ ކަމަށް އެގައުމުގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފިއެވެ.
One positive case of Covid-19 has been detected in New Delhi, and one has been detected in Telangana. @HPA_MV https://t.co/S26XAmbzlS pic.twitter.com/St5YmPtREC
— Ibrahim M Didi (@ibrahimmdidi) March 3, 2020
އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދިއްލީއިން ފެނުނެމީހާ އަކީ އިޓަލީއިން ދަތުރުކޮށްފައި އައި މީހެއްކަމަށާއި ޓެލެގާނާއިން ފެނުނުމީހާއަކީ ދުބާއީން އައި އެގައުމުގެ މީހެއްކަމަށް ބުނެފައިވެއެވެ.
އިންޑިޔާގެ އިތުރުން ޕާކިސްތާނުން 5 މީހުން ވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ޒަފަރް މިރުޒާ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީބުނެފައެވެ. މިރުޒާ ބުނީ އިތުރު މީހަކު އެޤައުމުން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިއާއެކު އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ ޢަދަދު 5ށް އަރާފައިވާކަމަށެވެ.
އަލަށް ވައިރަސްއަށް ޕޮޒިޓިވްވީ މީހާގެ ޙާލަތު ރަނގަޅުކަމަށްވެސް ޓްވީޓުގައި ވިދާޅުވެފައިވެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!