ދުނިޔޭގައި ހަލުވި ކަމާއިއެކު ފެރުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 90 ހާހަށްވުރެ މައްޗަށް ހިންގައްޖެއެވެ.

އެވައިރަސް 90433 މީހުންނަށް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މިހާތަނަށް 30119 މަރުވެފައިވާއިރު 48110 މީހުންވަނީ ވައިރަސްޖެހި ރަނގަޅުވެފައެވެ. މިވައިރަސް ޖެހިފައިވާ މީހުން ތެރެއިން ސީރިއަސް ހާލަތެއްގައިވަނީ 7094 މީހުންނެވެ.

Ad
rt

މިވައިރަސް އެންމެ ގިނައިން ޖެހިފައިވަނީ 80151 މީހުންނަށް މި ވައިރަސް ޖެހިފައިވާ ވައިރަސް ފެނުނު ޗައިނާއިންނެވެ. އެޤައުމުން 2944 މީހުން މަރުވެފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުންނަށް މިވައިރަސް ޖެހުނު ސައުތު ކޮރެއާގެ 4335 މީހުންނަށް މިވައިރަސް ޖެހިފައިވާއިރު އެޤައުމުން މަރުވީ 28 މީހުންނެވެ.

މިވައިރަސްގެ ސަބަބުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި އީރާނުން 66 މީހުން މަރުވެފައިވާއިރު އެޤައުމުގެ 1501 މީހުންނަށްވަނީ މިވައިރަސް ޖެހިފައިއެވެ.

ތިންވަނައަށް އެންމެ ގިނަ މީހުންނަށް މިވައިރަސް ޖެހުނު އިޓަލީއިން 2036 މީހުންނަށް މިވައިރަސް ޖެހިފައިވާއިރު، 52 މީހުން އެޤައުމުން މަރުވެފައިވެއެވެ.

މިހާތަނަށް ދުނިޔޭގެ 75 ޤައުމަކަށް ކޮވިޑް-19 ފެތުރިފައިވާއިރު މުޅިން އަލަށް މޮރޮކޯ، ލެޓްވިއާ، ސެނެގާލް، ސައުދީ އަރަބިއާ، ޓިއުނީޝިއާ، ޖޯޑަން އަދި އަންޑޮރާއިން މިވައިރަސްވަނީ ފެނިފައެވެ.

ދުނިޔޭގެ ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކޮށްފައި ވާއިރު މިވައިރަސް ނުވަ ދުވަސް ވަންދެން ހަށިގަނޑުން ބޭރުގައި ދިރިހުންނާނެކަމަށް ހޯދުންތަކުންވަނީ ދައްކައިފައެވެ.