ފަލަސްތީނުގެ ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި 300 ޖޯޑަކު ބައިވެރިވި ބޮޑު ކައިވެނީގެ ހަފްލާއެއް ހުކުރު ދުވަހު ބާއްވައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ގާޒާގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ހަފްލާއެވެ.
މި ކައިވެނީގެ ހަފްލާގައި ކައިވެނިކުރި ޖޯޑުތަކުގެ އާއިލާތަކާއި، މުޖުތަމައުގެ އިސްވެރިންނާއި، އަދި އެކި ޖަމިއްޔާތަކުގެ މަންދޫބުން ހިމެނޭހެން ގާތްގަނޑަކަށް 20,000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.
މި ހަރަކާތަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެހީތެރިކަމާއެކު، ޔޫއޭއީން ކުރިއަށްގެންދާ 'ގަލަންޓް ނައިޓް 3' އިންސާނީ އެހީގެ އޮޕަރޭޝަންގެ ދަށުން، 'ޖޯއީ ޑްރެސް 2' ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މާލީ ދަތިތަކާހުރެ ކައިވެނި ނުކުރެވިފައި ތިބި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދީ، އާ ދިރިއުޅުމެއް ފެށުމަށް މަގުފަހިކޮށްދިނުމެވެ.
A festive moment in central Gaza as a charity-sponsored mass wedding ceremony for 300 Palestinian brides and grooms was held near Al-Aqsa Hospital in Deir el-Balah, with newlyweds, their families and the local community in attendance. pic.twitter.com/EEWcUqblvD
— Al Jazeera English (@AJEnglish) April 24, 2026
މި ހަފްލާގައި ބައިވެރިކުރި ޖޯޑުތައް ހޮވާފައިވަނީ ކުރިމަތިލީ އެތައް ހާސް ބައެއްގެ ތެރެއިންނެވެ. މިގޮތުން އިސްކަންދީފައިވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިނުވާ، އަދި މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކައިވެނި ކުރުމަށް އުޒުރުވެރިވެފައިވާ ޣާއްޒާގެ ރައްޔިތުންނަށެވެ.
Heartwarming footage captures the joy of a Palestinian mother celebrating with her son, the groom, during a mass wedding held in the Gaza Strip for 300 young men and women. pic.twitter.com/uAP9OmKDE2
— PALESTINE ONLINE (@OnlinePalEng) April 25, 2026
މި ހަރަކާތުގެ ދަށުން ހަމައެކަނި ކައިވެނީގެ ހަފްލާ ބޭއްވުމުގެ އިތުރުން، އަލަށް އާއިލާ ފަށާ ޖޯޑުތަކަށް ބޭނުންވާ މާލީ އަދި މާއްދީ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ކައިވެނީގެ ހަރަދުތަކާއި، ގޭތެރެއަށް ބޭނުންވާ އަސާސީ ތަކެތި ހިމެނެއެވެ.
އުފާވެރި މާހައުލެއްގައި ކުރިއަށްދިޔަ މި ހަފްލާގައި ގުރުއާން ކިޔެވުމާއި، ކައިވެނި ރަސްމީކޮށް އިއުލާންކުރުމުގެ އިތުރުން ފަލަސްތީނުގެ ސަގާފީ ނެށުމެއް ކަމަށްވާ 'ދަބްކޭ' ގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!