އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިފަހަރުގެ އިންތިޚާބަށް އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ، އަދާލަތު، އެމްޑީއޭ، އެމްއާރުއެމް، އެމްއެސްއެލްޑީޕީ އަދި އަމިއްލަ ގޮތުންވެސް ކެންޑިޑޭޓުން ނުކުމެއެވެ.

Ad
rt

މިފަހަރުގެ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ދެން ޕީޕީއެމުންނެވެ. އެގޮތުން މިއިންތިޚާބުގައި އެމްޑީޕީން 876 ކެންޑިޑޭޓުން އަދި ޕީޕީއެމުން 679 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު 680 އަށް އަރައެވެ.

އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން:

އެމްޑީޕީ - 876
ޕީޕީއެމް - 679
ޖުމްހޫރީ ޕާޓީ - 127
އަދާލަތު - 30
އެމްޑީއޭ - 22
އެމްއާރުއެމް - 16
އެމްއެލްއެސްޑީޕީ - 4
ޑީއާރުޕީ - 1
އަމިއްލަ - 680

މި އިންތިޚާބުގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ގުރު ނެގުން ބާއްވަން ނިންމާފައި ވަނީ އަންނަ ހަފްތާ ބުދަ ދުވަހު އެވެ.

މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކަށް ޖުމްލަ 980 ކައުންސިލަރުން އަދި އަންހެނުންގެ ކޮމިޓީތަކަށް، 18 ރަށާއި ހަތަރު ސިޓީން 369 މެންބަރުން އިންތިހާބު ކުރާނެވެ.