މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އޭނާ ނިޔާވީ ބަންދު ގޮޅީގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން، ފަރުވާއަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.