ފާނަބަސަންދާއި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާތީ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްކައްޓަކައި ބަލި މީހުންގާތަށް ޒިޔާރަތްކުރުން މަދުކޮށް، ސަމާލުވުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފި އެވެ.

އެކަމާއި ގުޅުގެން މިއަދު އެހޮސްޕިޓަލުން ކުރި ޢިއުލާނެއްގައިބުނީ މި ދުވަސްވަރަކީ ހަލުވި ކަމާއެކު ރޯގާއާއި ފާނަބަސަންދު ފެތުރެމުންދާ ދުވަސް ވަރެއް ކަމަށާއި ހޮސްޕިޓަލުގައި ތިބި ބަލިމީހުން ގާތަށް ޒިޔާރަތްކުރުމުގައި ބަލިމީހުންނާއި އަމިއްލަ ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށެވެ.

Ad
rt

އެގޮތުން އެ ހޮސްިޓަލުންވަނީ ތިރީގައި ދެންނެވިފައިވާ ފަރާތްތައް މިދުވަސްވަރު ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަށް އެދިފައެވެ.

  • ފާނަ ބަސަންދު އުޅޭ ގެއެއްގެ މީހުން (އެއީ މީގެ ކުރިން ފާނަބަސަންދު ޖެހިފައިނުވާ މީހުން އަދި އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ނުޖަހާ ތިބި މީހުން) ބަލީގެ އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުން ޒަރީއާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
  • ކުޑަ ކުދިން
  • ދިފާއީ ނިޒާމު ބަލި ކަށި ފަރާތްތައް
  • އުމުރުން ދުވަސްވީ މީހުން
  • ރޯގާޖެހި، ހުންއައިސް، ކެއްސާ ކިނބިހި އަޅާ ފަރާތްތައް

މީގެ އިތުރުން ބަލިތަކުން ސަލާމަތްވުމަށާއި ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް އެޢިއުލާނުގައި އެ ހޮސްޕިޓަލުންވަނީ ހަމަނާފައެވެ.

މިހަފްތާގައި ހެލްތު މިނިސްޓްރީއިންވެސް ވަނީ ރުބެއްލާ އަދި ހިމަބިހީގެ ޑޯޒް ހަމަނުކުރާ ހުރިހާ އެންމެނަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށައިފައެވެ.