ބުދަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި، އީރާނުން އިސްރާއީލުގެ މެދުތެރޭގެ ސަރަޙައްދުތަކަށް އަމާޒުކޮށް ކްލަސްޓަރ މިއުނިޝަން ނުވަތަ ބޮންބާރީ ހިމެނޭ ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކުގެ ރިޕޯޓްތައް ބުނާގޮތުން، އީރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން ބައެއް މިސައިލްތައް ވައިގެ ތެރޭގައި ގޮވައި، އޭގައި ހިމެނޭ ކުދި ބޮންތައް ވަނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބުރައިގެން ގޮސްފައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސައިލްތައް ވައިގެ ތެރޭގައި ގޮވުމަށްފަހު އަލިފާންގަނޑެއްގެ ސިފައިގައި ކުދި ބައިތަކެއް ބުރައިގެންދެއެވެ.
އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ކްލަސްޓަރ މިއުނިޝަންގެ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ ހަމަލާތަކަކީ އެއްފަހަރާ ގިނަ އަދަދެއްގެ ކުދި ގޮވާތަކެތި ފެތުރިގެންދާ އެއްޗަކަށް ވާތީ، އެ ހުރިހާ އެއްޗެއް އެއްކޮށް ހުއްޓުވުމަކީ ދިފާއީ ނިޒާމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
Breaking:
Reports claim that Iran launched cluster-type ballistic missiles that penetrated defenses and struck targets in Haifa, Israel.
According to these claims, the Israel Defense Forces headquarters was among the targets, with suggestions that senior officials, including… pic.twitter.com/cX0NNy88os
— Express News (@ExNewsHD) March 17, 2026
އިސްރާއީލުގެ މެޑިކަލް ސާވިސް، މޭގަން ޑޭވިޑް އެޑަމް އިން ކަށަވަރުކޮށްދޭ ގޮތުގައި، ތަލް އަވީވްގެ އިރުމަތީގައި އޮންނަ ރާމަތު ގަން ސަރަޙައްދަށް ދިން މި ހަމަލާތަކުގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ.
ހަމަލާ އަމާޒުވި ސަރަޙައްދުތަކުގެ ތެރޭގައި ތަލް އަވީވް، ރާމަތު ގަން، ބްނޭ ބްރަކް އަދި ޕެޓާ ތިކްވާ ހިމެނެއެވެ. މި ސަރަޙައްދުތަކުން މިސައިލްގެ ބައިތަކާއި ނުގޮވައި ހުރި ކުދި ބޮންތައް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މި ހަފުތާގެ ކުރީކޮޅު ޔަހޫދު އަދި ރިޝޮން ލެޒިއަން އަށް ވެސް ހަމަލާތައް އަމާޒުވެފައިވެއެވެ.
An Israeli settler writes:
“I can hardly believe it… body parts are everywhere… the missiles—no one is intercepting them… Benjamin Netanyahu has signed Israel’s death certificate… who will protect us now from Iran?... "
Tel Aviv is burning pic.twitter.com/WU0xkqywrZ
— China live (@ChinaliveX) March 16, 2026
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މެދުތެރޭ އިސްރާއީލުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިރުޝާދުތައް ނެރެފައެވެ. ކްލަސްޓަރ މިއުނިޝަންގެ ސަބަބުން ކުރިމަތިވާ ނުރައްކާ ހަމަލާއަށްފަހު ވެސް ދެމިއޮންނާނެ ކަމަށް އިންޒާރު ދީފައިވެއެވެ. އެއީ ނުގޮވައި ހުންނަ ކުދި ބޮންތައް ގިނަ ވަގުތުތަކެއް ނުވަތަ ދުވަސްތަކެއް ފަހުން ވެސް ގޮވުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންކަމުން، ބިމުގައި ހުންނަ މިސައިލްގެ އެއްވެސް ބަޔަކަށް ނުވަތަ ދަގަނޑު އެއްޗަކަށް އަތްނުލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަލާތަކަކީ އިއްޔެ، 17 މާރިޗު ގައި، އިސްރާއީލުން އީރާނުގެ އިސް ދެ އޮފިޝަލަކު އަވަހާރަކޮށްލުމާ ގުޅިގެން ތެހެރާނުން ދިން ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ކަމަށް ބެލެވެއެވެ. އިސްރާއީލުގެ ހަމަލާގައި އަވަހާރަކޮށްލާފައިވަނީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލަރިޖާނީ އާއި، ބަސީޖް ޕެރާމިލިޓަރީ ފޯސްގެ އިސްވެރިޔާ ޖެނެރަލް ޣުލާމް ރިޒާ ސުލައިމާނީއެވެ.
އިސްރާއީލުން އެ ގައުމަށް އަމާޒުވާ ހަމަލާތަކުގެ ވީޑިއޯ/ފޮޓޯ ނެގުން މަނާކޮށް، މީޑިއާތަކަށް ހަރުކަށި ސެންސަރުގެ އުސޫލު ހިންގަމުންދާތީ، އިސްރާއީލަށް ލިބޭ އަސްލު ގެއްލުން ވަނީ ފޮރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!