ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިޙާދު ދައުލަތުން ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، ބަދަލު ހޯދަން އެޓާރނީ ޖެނެރަލްގެ އޮފީހުން ދަޢުވާ ކޮށްފިއެވެ.
ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ދައުލަތުން ނުޙައްޤު މުއްސަދިކަން ހޯދާފައިވާތީ، ބަދަލު ހޯދަން ދަޢުވާ ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިހާދު ދިރިއުޅުއްވުމަށް
ދައުލަތުގެ ފަރާތުން "ރެހެންދި 3" ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދީފައިވާކަމަށާއި ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ އެތަން ބޭނުން ކުރައްވަމުން ގެންދަވާފައިވާތީއެވެ.
އޭނާ އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައިކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ޕީ އާއި ޔުޓިލިޓީ ޕީސްގެ ގޮތުގައި ޖުމްލަ
1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ވާނީ ދަޢުވާ ހުށަހަޅާފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!