ޗައިނާގެ ވޫހާންއިން ފެތުރެންފެށި ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާ ވައިރަސް) މިވަނީ ދުނިޔޭގެ އެތައް ޤައުމަކަށް ފެތުރި، ދުނިޔޭގެ ހިތްތަކަށް ބިރުވެެރި ކަމާއި ސިހުން ގެނުވާފައެވެ.
ޗައިނާއާއި ގުޅުމެއްނެތް ޤައުމުތަކުން އެވައިރަސް ޖެހިފައިވާ މީހުން ފެންނަން ފެށުމަކީ ދުނިޔެއަށް އިތުރު ސިހުން ގެނުވި ކަމެކެވެ.
ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން އިންތިހާއަށް
ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯ(ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ޣެބްރެޔެސަސް ކޮވިޑް-19 ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވެ، ދޮރު ބަންދުވަމުންދާ ވިދާޅުވެފައި ވުމަކީ ކުޑަ ވާހަކައެއް ނޫނެވެ.
ޓެޑްރޯސް އަދަނޮމްވަނީ، މި ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ވަރަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މިކަން ކޮންމެ މިސްރާބަކަށްވެސް ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ވައިރަސް ދެނެގަންނަން މަސައްކަތްކުރަނީ، ބޭހެއް ހޯދޭނެ ދުވަހެއް ނޭނގޭ!
ކޮވިޑް-19 ވައިރަސް ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ތިންމަސްދުވަހުގެ ޕްލޭނެއް އެކަށައަޅައި،އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މަސައްކަތް ކުރަމުންދާއިރު މަސައްކަތް ކުރަމުންދާއިރު،ވައިރަސްއާ ގުޅޭ ކަންކަން ތަހްގީގުކުރުމަށް ްއެ ޖަމްޢިއްޔާއިން ޗައިނާއަށް ފޮނުވި ޚާއްސަ ތަޖުރިބާކަރުންގެ ޓީމު އިއްޔެވަނީ ވުހާން ސިޓީއަށް ގޮސްފައެވެ. ތަޖުރިބާކާރުން މަސައްކަތް ކުރަމުންދަނީ ވައިރަސް ދެނެގަތުމަށެވެ.
އެވައިރަސްއަށް އަދި ބޭހެއް ވެކްސިނެއް ހޯދިފައި ނުވާ އިރު، އެމަސައްކަތް ކާމިޔާބު ކުރަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާ ކުރައްވައެވެ.
އެވައިރަސް ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު، ފަރުވާއެއް ހޯދުމަށް އެހާ ދިގު އިންތިޒާރެއް ކުރަން ޖެހިފައިވުމީ އިތުރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ހަމަ އެހެންމެ އަދިވެސް ވައިރަސް ދެނެގަތުމުގެ މަރުހަލާގައި ވުމުން މި ވައިރަސްގެ ނުރައްކާތެރިކަން ވަޒަން ކުރަންވެސް ނޭނގެއެވެ.

ދުނިޔެ ހާސްކަމުގައި!
ކޮވިޑް-19 ފެތުރެމުންދާ ބާރު މިނުގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އިޤްތިޞާދީ ކާރިސާއަކަށް އެ ވައިރަސް ވެއްޖެނަމަ އެތައް ޤައުމެއް ހުއްޓުމަކަށް އައިސް، އެތައް ބިރުވެރި ކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ.
އިޤްތިސާދީ ބިރުވެރި ކަމުގެ ސަބަބުން އެވައިރަސްގެ ވާހަކަ ދައްކަންވީ ބާރު މިނުގައި ދައްކައި، މަރުވާ ނުވަތަ ވައިރަސްޖެހޭ ސައްޚަ ޢަދަދު އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށް މިކަން ބަލާ ބައެއް ފަރާތްތަކުން ބުނެއެވެ.
މިހާތަނަށް ދުނިޔޭގެ 79،000 ހާހަށް ވުރެ ގިނަމީހުނަށް އެވައިރަސް ޖެހިފައިވާކަން ޔަޤީން ވެފައިވާއިރު، 2،600 އަށް ވުރެ ގިނަ މީހުން ްެއެވައިރަސްގެ ސަބުންވަނީ މަރުވެފައެވެ.
މިޖީލުގެ ސަލާމަތަށްޓަކައި ކޮވިޑް-19 ވައިރަސް ފެތުރެމުންދާ ހަލުވިމިނާއިމެދު ހުރިހާ މާނައެއްގައި ރައްކާތެރިވެ ތިބުމަށް ކުރެވުނު އެންމެހާ މަސައްކަތެއްކުރަން ޖެހެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!