އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި އޮކްޓޫބަރު, 2021 އިން ފެށިގެން ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ އަހަރުގެ ފަހުކޮޅު ލަމްހާ ދޫކޮށްލި އެވެ.

Ad
rt

ލަމްހާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ.

ލަމްހާ އަލުން ބަންދުކުރަން ކްރިމިނަލް ކޯޓުން އެންގިއިރު, މީގެކުރިން ވެސް އޭނާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ލަމްހާ ދޫކޮށްލި ނަމަވެސް، އެ މައްސަލާގެ ތުހުމަތު ކުރެވޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ