ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ބޯޑަރު ސަރަޙައްދުގައި އަފްޣާނިސްތާނުގެ ޠާލިބާން ބާރުތަކާއި ޕާކިސްތާނާދެމެދު ހަމަލާތައް ބަދަލުކޮށްފިއެވެ.

ހޮނިހިރު ދުވަހު، އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގެ އިސް އޮފިޝަލުން ހާމަކުރި ގޮތުގައި، ޠާލިބާން ބާރުތަކުން ވަނީ ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ދެ ޤައުމުގެ ބޯޑަރުގައި ހަތިޔާރާއެކު ކުރިމަތިލައި ހަމަލާ ބަދަލުކޮށްފައެވެ.

Ad
rt

މި ހަމަލާތައް ފެށިފައިވަނީ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބޫލުގައި އިވުނު ދެ ގޮވުމަކާއި، އިރުމަތީ ދެކުނު ސަރަޙައްދުގައި އިވުނު އިތުރު ގޮވުމަކާ ގުޅިގެން، އެއީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ބިމަށް ވައިގެ ޙަމަލާތަކެއް ދިން ކަމަށް ތާލިބާނުން ކުރި ތުހުމަތާއި ގުޅިގެންނެވެ.

ޠާލިބާނުންގެ ބެލުމުގެ ދަށުގައިވާ ދިފާޢީ މިނިސްޓްރީން ވަނީ މި ޙަމަލާތަކުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "ޕާކިސްތާނުގެ ސިފައިންގެ ފަރާތުން ކާބޫލަށް ދިން ވައިގެ ޙަމަލާތަކަށް ޖަވާބުދާރީވުމުގެ ގޮތުން" ޠާލިބާން ބާރުތަކުން ޕާކިސްތާނުގެ ސެކިއުރިޓީ ބާރުތަކާ ދެކޮޅަށް ހަނގުރާމައިގެ ޙާލަތެއްގައި ވާކަމަށް ބަޔާންކޮށްފައެވެ.

ޠާލިބާނުންގެ ދިފާޢީ މިނިސްޓްރީގެ ޚަބަރު ފަތުރާ ފަރާތް، އިނާޔަތް ޚުވާރަޒްމް ވަނީ މި "ކާމިޔާބު" އޮޕަރޭޝަންތައް މެންދަމު ނިމުމަކަށް އައިސްފައިވާ ކަމަށް ހާމަކޮށްފައެވެ.

"އިދިކޮޅު ފަރާތުން އަނެއްކާވެސް އަފްޣާނިސްތާނުގެ ސަރަޙައްދަށް އަރައިގަތްނަމަ، އަޅުގަނޑުމެންގެ ހަތިޔާރުއެޅި ބާރުތައް އެމީހުންގެ ސަރަޙައްދު ދިފާޢުކުރުމަށް ތައްޔާރަށް ތިބެ، ހަރުކަށި ގޮތެއްގައި ޖަވާބުދާރީވާނެ" އޭނާ ބުނެފަވެއެވެ.

މި ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ލިބުނުގެއްލުމުގެ ތަފްސީލެއް އެއްވެސް ގައުމަކުން އަދި ހާމައެއް ނުކުރެއެވެ.