ވިޔަފާރީގެ ތިން ހިދުމަތްތަކަށް އެދޭއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސާފައިވާ އާ އުސޫލުގެ ދަށުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލް ކުރުމަށް އެދޭއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

Ad
rt

އެ އުސޫލުގެ ދަށުން ދެވަނަ ކަމެއްގެ ގޮތުގައި ކުންފުންޏާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ އުވާލުމަށް ހުށަހަޅާއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

އެ އުސޫލުގެ ދަށުން ތިންވަނަ ކަމެއްގެ ގޮތުގައި ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތް ހަމަޖައްސައިދީފައި ވަނީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ (އެމްޕްލޯއިމަންޓް އެޖެންސީ) ރަޖިސްޓްރީ ކުރުމަށް އަދި ބާތިލް ކުރުމަށް ހުށަހެޅުމަށެވެ.