ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން، ދުޅަހެޔޮ ދިރިއުޅުމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކޮށް ހެލްތު ސްކްރީނިންގ ޙަރަކާތްތަކެ ކުރިއަށްގެންގޮސްފިއެވެ.

މި ޙަރަކާތުގެ ދަށުން ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ހެލްތު ސްކްރީނިންގ ހެދުމުގެ ފުރުސަތު ލިބި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ސެޕްޓެމްބަރު 28 ވަނަ ދުވަހު ކެންސަރާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

Ad
rt

ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓް، ޕަބްލިކް ހެލްތު ސެންޓަރު، ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރު އަދި ޑެންޓަލް ޑިޕާޓްމަންޓުން މި ޚާއްސަ ޙަރަކާތުގައި ބައިވެރިވެ، މުވައްޒަފުންނަށް ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވެއެވެ.

މި ފަދަ ޙަރަކާތްތަކަކީ މުވައްޒަފުންގެ ސިއްޙީ ހާލަތު ދެނެގަތުމަށާއި، ބަލިތަކަށް ހޭލުންތެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޙަރަކާތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ރޭވިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.